ޑޮކްޓަރަށް ދެއްކުމަށް އަބްދުﷲ ރިޔާޒު މާލެ ގެނެސްފި

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފިއެވެ.
އަބްދުﷲ ރިޔާޒް ޑޮކްޓަރަށް ދެއްކުމަށް މިއަދު މާލެ ގެނެސްފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވަނީ ވީއެފްޕީއަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ނުދެއްވައެވެ. ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ރިޔާޒް ގެނެސްފައިވަނީ އައިޖީއެމްއެޗަށެވެ.
ރިޔާޒް ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުއެވެ. ރިޔާޒަށް އިންފެކްޝަނެއް ޖެހިފައިވާ ކަމަށް ރިޔާޒުގެ ގާނޫނީ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރިޔާޒުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ 33 ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ