ފުރިހަމަ އިރު ކޭތައެއް މިއަދު ހަވީރު ހިފާނެ

ދެހާސް ސަތާރައިގެ ފަހުން ހިފާ އެންމެ ފުރަތަމަ ފުރިހަމަ އިރު ކޭތަ މިއަދު ހަވީރު ހިފާނެ އެވެ. މި އިރު ކޭތަ ފުރިހަމައަށް ހިފާފައި ހުއްޓާ ފެންނާނީ މަދު ގައުމުތަކަށެވެ. ނަމަވެސް ނާސާއިން ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެންނާނެހެން މި އިރުކޭތަ ހިފާ މަންޒަރު ލައިވް ކުރާނެ އެވެ.
އެމެރިކާގެ 14 ސްޓޭޓަކަށް ފެންނާނެ ކަމަށް ލަފާ ކުރެވޭ މި އިރުކޭތަކަ އަކީ 2017 އަހަރަށް ފަހު އެ ގައުމަށް ފުރިހަމަ އިރު ކޭތައެއް ފެންނަ ފުރަތަމަ ފަހަރެވެ. އެމެރިކާގެ އިތުރުން މި އިރު ކޭތަ ފެންނާނީ ދެކުނު އެމެރިކާގެ ދެ ގައުމު ކަމަށްވާ އާޖެންޓީނާ އާއި ޗިލީ އަށެވެ.
މިއަދު ހަވީރު ހިފާ އިރުކޭތައިގެ މަންޒަރުތައް ބަލަން ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިން ދަނީ ދެކުނު އެމެރިކާގެ ގައުމުތަކަށް ޒިޔާރަތް ކުރަމުންނެވެ.
އިރު ކޭތަ ހިފަނީ ހަނދާއި ބިމާއި އިރު ސީދަލަށް އެތުރި، އިރު ގެ މައްޗަށް ހަނދު އަރާ ހަނދުގެ ހިޔަނި ދުނިޔޭއަށް އެޅުމުގެ ސަބަބުންނެވެ.
ޖައްވީ ހޯދުންތައް ހޯދާ އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނީ އިރުކޭތަ ފުރިހަމައަށް ހިފާފައި ހުއްޓާ ފެންނާނީ ހަތަރު މިނިޓަށް ކަމަށެވެ. ނާސާއިން ވަނީ ހުރަހަކާއި ނުލައިއިރުކޭތަ ބެލުމުގައި ސަމާލުވުމަށްވެސް އަންގައިފަ އެވެ. ސަބަބަކީ އިރު ކޭތަ ހިފާފައި ހުންނަ ވަގުތު އިރުގެ އަލި ބާރުގަދަ ވުމުން، ލޮލަށް ގެއްލުމެއް ލިބިދާނެތީ އެވެ.
މިއަދުގެ އިރުކޭތައަށް ފަހު ދެން އެންމެ އަވަހަށް ފުރިހަމަ އިރުކޭތައެއް ފެންނަނީ 2020 ގެ ޑިސެމްބަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ