ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދުގެ ކަރަޕްޝަންގެ މައްސަލައެއް އެންޓި ކަރަޕްޝަން ކަމިޝަން އޭސީސީން ބަލަން ފަށައިފި އެވެ.
އޭސީސީއިން ބަލަމުންދަނީ މުއާޒު ހުޅުމާލެއިން ފްލެޓެއް ގަތް މައްސަލަ އެވެ.
އެ މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ ގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް އިންނެވެ.
މުއާޒު ފްލެޓް ބައްލަވައިގެންފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ ކުންފުންޏަކުން ހަދާފައިވާ "ރެނާޓަސް އިތާމުތް" އިންނެވެ.
މި މައްސަލާގައި މައްސަލައިގައި މުއާޒު އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވާއިރު މި މައްސަލަ ފެންމަތިވީ ބީއެމްއެލް މެދުވެރިކޮށް ޝައްކު ކުރެވޭފަދަ ފައިސާގެ މުއާމަލާތެއް އޮންލައިންކޮށް ހަދާފައިވާތީ އެފައިސާއަކީ ކޮންގޮތަކަށް ހޯދި ފައިސާކަން ޔަގީން ނުވާތީ އެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ކަރަޕްޝަންގެ ބޮޑެތި ތުހުމަތު ކުރެވޭއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މުއާޒު މަޑަވެލި ދާއިރާއަށް ހޮވިވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ.
އޭފަހުން މުއާޒު ވަނީ ޖޭޕީއަށް ސޮއިކުރުމަށް ފަހު ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.
މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒުގެ ކަރަޕްޝަން މައްސަލައެއް ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ