އިނގުރައިދޫ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ހުށަހަޅައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިނގުރައިދޫ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޕީޕީއެމްއިން ހުށަހަޅައިފިއެެވެ.
އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ނިންމީ އެ ދާއިރާގެ ވޯޓު ފޮށި ނުގުނުމަށެވެ. އެގޮތަށް އެ ކޮމިޝަނުން ނިންމީ ވޯޓަށް އަސަރުކުރާ ކަމެއް ނެތް ކަމަށް ބުނެއެވެ. އެ ދާއިރާގެ ފޮށިތައް އަލުން ގުނަން ހުށަހަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެންޑިޑޭޓް އަދި މިހާރުގެ މެމްބަރު ފަލާހު ނިސްބަތްވާ ޕީޕީއެމްއިންނެވެ.
އިނގުރައިދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެދާއިރާ ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީ ކެނޑިޑޭޓް ހަސަން އަހުމަދު އެވެ. އޭނާއަށް 1038 ވޯޓު ލިބިފައިވާ އިރު، ގާތުން ވާދަކުރި މިހާރުގެ މެމްބަރު، ޕީޕީއެމްގެ އިބްރާހީމް ފަލާހަށް ލިބިފައި ވަނީ 949 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ