ޑްރަގު ކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ހޯދޭނެ ގޮތް ހަމަޖައްސައިފި

މަސްތުވާތަކެތީގެ މައްސަލަތަކަށް ޚާއްޞަކޮށް އުފައްދާފައިވާ ޑުރަގު ކޯޓުން ބަލާ މައްސަލަތަކުގައި އެކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ހޯދޭނެ ގޮތް އެކޯޓުން އިންތިޒާމުކޮށްފިއެވެ. ޑްރަގް ކޯޓުން މިއަދު ބުނެފައިވަނީ ކޮވިޑް-19އިން އެކޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކޯޓުގެ އިޚުތިޞާޞް އެފަރާތްތަކެއްގެ މައްޗަށް ހިނގާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ޑުރަގު ކޯޓުގެ އަމުރުތައް އިންޓަރނެޓުގެ ޒަރީޢާއިން އޮންލައިންކޮށް ހޯދޭނެ ގޮތް އެކޯޓުން ހަމަޖައްސާފައިވާ ކަމުގައެވެ. ކޯޓު އަމުރުތައް ހޯދުމަށް ކުރަންޖެހޭ ފުރަތަމަ ކަމަކީ އެކަމަށް ޚާއްޞަކޮށް ޤާއިމުކުރެވިފައިވާ އޮންލައިން ޕޯޓަލެއްގައި ރަޖިސްޓަރީވުމެވެ. ޑުރަގު ކޯޓުން މަޢުލޫމާތު ދިން ގޮތުގައި މިޕޯޓަލަކީ އެކޯޓުގެ ވެބްސައިޓުގައި ޤާއިމު ކުރެވިފައިވާ ކޯޓު އަމުރު ޕޯޓަލެވެ. މިޕޯޓަލްގައި އެކޯޓުން ނެރޭ އަމުރުތައް ބޭނުންވާ އެކޯޓުގެ އިޚުތިޞާޞް އެފަރާތްތަކެއްގެ މައްޗަށް ހިނގާ ހުރިހާ ފަރާތްތައް ރަޖިސްޓަރީވާންޖެހެއެވެ. އެޕޯޓަލްގައި ރަޖިސްޓަރީވުމަށްފަހު އެފަރާތަކާ ގުޅޭ އަމުރެއް ކޯޓުން ނެރެފިނަމަ އެކަން އެސްއެމްއެސް މެދުވެރިކޮށް އެފަރާތަކަށް އަންގާނެ ކަމުގައިވެސް ކޯޓުން ބުނެފައިވެއެވެ. މިޕޯޓަލަކީ ކޯޓުގެ އިރުޝާދާ އެއްގޮތަށް މޯލްޑިވްސް ކޮމްޕިއުޓަރ ސޮސައިޓީގެ މަދަދާއެކު ފަރުމާކޮށް ތައްޔާރުކޮށްފައިވާ ޕޯޓަލެއް ކަމުގައިވެސް ޑްރަގް ކޯޓުން ބުނެފައިވެއެވެ. ކޮވިޑް-19އާ ގުޅިގެން ޑްރަގް ކޯޓުން ވަނީ އެ ކޯޓުގެ އެހެން ބައެއް ހިދުމަތްތައްވެސް އޮންލައިންކޮށް ދޭން ފަށައިފައެވެ. އެގޮތުން މައްސަލަ ހުށަހެޅުމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުން ފަަދަ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ