ސްކޫލް ކުދިންނަށް ގޫގުލް ފާރަލަނީ

އިލެކްޓްރިކް ފްރޮންޓިއާ ފައުންޑޭޝަނުން ބުނާ ގޮތުގައި ގޫގުލުން ސްކޫލް ކުދިންނަށް ފާރަލަ އެވެ. އެ ކުދިންގެ ޒާތީ މައުލޫމާތު އެއްކުރެ އެވެ. އުޅޭ ނޫޅޭ ގޮތާއި ހަރަކާތްތައް ބަލަ އެވެ. ގޫގުލުން އެކަން ކުރަނީ މަސައްކަތު މީހުން އެ ކުދިންގެ ފަހަތުން ފޮނުގައިގެނެއް ނޫނެވެ. މައުލޫމާތު ހޯދައި އެއްކުރަނީ ކްރޯމްބުކް އާއި ގޫގުލް އެޕްސް ބޭނުންކޮށްގެންނެވެ. ގޫގުލުން ކުދިންނަށް ފަސޭހަކޮށްދީފައި ހުރި ފުރުސަތުތައް ބޭނުންކޮށްގެންނެވެ. އިލެކްޓްރިކް ފްރޮންޓިއާ ފައުންޑޭޝަންގެ ޝަކުވާ އަކީ އެއީ ކޮން ބޭނުމެއްގައި ގޫގުލުން ކުރާ ކަމެއްކަން ނޭނގުމެވެ. އެކަމާ ގުޅޭ ގޮތުން ގޫގުލުން ބުނީ ގާނޫނާ ޚިލާފަށް އަދި އެ އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވާންޖެހޭ އެއްބަަސްވުމާ ޚިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. ގޫގުލްގެ އެ އަމަލު ހައްދު ފަހަނައަޅައި ގޮސްފައި ވާ ކަމަށް އިލެކްޓްރިކް ފްރޮންޓިއާ ފައުންޑޭޝަނުން ބުނެ އެވެ. ގިނަ ސަބަބުތަކެއް ދައްކަމުން، ހިލޭ ސާބަހަށް މަސައްކަތްކުރާ އެ ޖަމާއަތުން ބުނި ގޮތުގައި، އެ ކުދިން ވަންނަ ވެބްސައިޓްތަކާއި އިންޓަނެޓް ބްރައުޒާ ރެކޯޑްތަައް ވެސް ގޫގުލުން އަތުލަ އެވެ. ގޫގުލް ނޫނަސް އެހެން ކުންފުނިތަކުން ވެސް އެ މީހުންގެ އެޕްލިކޭޝަން ބޭނުންކުރާ މީހުންނާ ގުޅޭ މައުލޫމާތު ހޯދަ އެވެ. ސަބަބެއް ކަމަށް ހުރިހާ ކުންފުންޏަކުން ވެސް ބުނަނީ އެއްީ އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް، އެ އެޕްލިކޭޝަން ފަސޭހަކޮށްދިނުމުވެ. އެ ގޮތަށް ކުންފުނިތަކުން އެއްކޮށްފައި ހުންނަ މައުލޫމާތުތައް ހެކަރުންގެ އަތުޖެހުމާ އެކު އެއީ އަގު ބޮޑު މުދަލަކަށް ހަދަ އެވެ. މީހުން ވާވައްދައި، ނުވަތަ ބްލެކްމެއިލްކޮށް ފައިސާ އަދި ޖާނު ވެސް އަތުލައިގަނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ