ބާޣީ ލުތުފީ ފިލި މައްސަލައިގަ ދައުވާ ކޮށްފި!

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސް މޭސްތިރިއަކަށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލި މައްސަލައިގަައި އޭނާގެ މައްޗަށް ދައުވާކޮށްފިއެވެ.
މިއަދު ޕީޖީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ ޙުސެއިން ޝަމީމް ވިދާޅުވީ ލުތުފީގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން އެދުނު މައްސަލަ ޕީޖީ އޮފީހަށް ލިބިފައިވާ ކަމަށާއި އެމައްސަލައިގައި އޭނާގެ މައްޗަށް މިހާރު ދައުވާ ކޮށްފައިވާނެ ކަމަށެވެ.
އެމައްސަލަ މިހާރު ކޯޓަށް ހުށަހެޅިފައިވާތީ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރައްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
ފިލި މައްސަލައިގައި ލުތުފީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ.
ބާޣީ ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. ނަމަވެސް ބޭސްފަރުވާ އަކަށް 2010 ގައި ރާއްޖެއިން ބޭރަށް ފޮނުވުމުން އޭނާ ވަނީ ފިލާފައެވެ. މިހާރު އޭނާގެ ހުކުމްގައި އޮތީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ