ޗައިނާގެ މައިނެއްގައި 16 މީހުން މަރުވެއްޖެ

ޗައިނާގެ ބޯޓުދެލި މައިން އެކްސިޑެންޓެއްގައި މީހުންތަކެއް ތާށިވެ ގިނަ އަދަދަކަށް މީހުން މަރުވެއްޖެ އެވެ.
ނުރައްކާތެރި މި ހާދިސާ އައީ ޗައިނާގެ ޗުއުންގްކިން ސިޓީ ކައިރީގައިވާ މައިނެއްގަ އެވެ. އެއީ މައިނުގައި ބޭނުން ކުރާ ކޮންވެޔާ ބެލްޓެއްގައި އަލިފާން ރޯވެ ކާބޮންމޮނޮކްސައިޑު ގޭހުގެ މިންވަރު ވަރަށް ބޮޑަށް އިތުރު ވެގެނެވެ. މީގެ ކުރިން ވެސް މިފަދަ ގިނަ ހާދިސާތައް އައިސްފައިވާ ސޮންގުޒާ މައިނަކީ ޗައިނާގެ ސަރުކާރަށް ބޭނުންވާ ހަކަތައިގެ ބާއްވަތްތައް ހޯދާ ސަރުކަރުގެ މައިނެކެވެ.
ގޭހުގެ މިންވަރު އުފުލި މީހުން ތާށިވުމުގެ ސަބަބުން އެވަގުތު އެ މައިނުގައި ހަރަކާތްތެރިވި 17 މީހުންގެ ތެރެއިން 16 މީހަކު މަރުވި އެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ މީހާގެ ހާލުވެސް ރަނގަޅު ނޫން ކަމަށް ޗައިނާގެ ސީޖީޓއެން އިން ބުނެފައި ވެއެވެ.
ޗައިނާގައި މައިން އެކްސިޑެންޓް ހިނގައި މީހުން މަރުވުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް މިހާ ގިނަ މީހުން މަރެއް ނުވެއެވެ. މި ހާދިސާގެ ތަހުގީގު މިހާރު ވަނީ ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ