ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވަނީ

އިދިކޮޅު ހަރަކާތުގެ އިސް އެއް ލީޑަރު ރައީސް މައުމޫން އަބްދުލް ގައްޔޫމު ސިންގަޕޫރަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިމަހުގެ އަށެއްވާ ހޮނިހިރު ދުވަހުއެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވަނީ އާއިލީ ބޭނުންފުޅެއްގައެވެ.
ރައީސް މައުމޫން ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާތީ އެންޓިކޮރަޕްޝަން ކޮމިޝަނުން ނަގަން ބޭނުންވާ ބަޔާން ނެގުން އެމަނިކުފާނު އެނބުރި ވަޑައިގަންނަވަންދެން މަޑުކޮށްލުމަށް އެދިވަޑައިގެންފައެވެ.
ރައީސް މައުމޫންވަނީ އޭސީސީއަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މައުމޫން މިމަހުގެ އަށްވަނަ ދުވަހު އަނެއްކާ ވެސް ސިންގަޕޫރަށް ވަޑައިގަންނަވާ އިރު އެމަނިކުފާނު ސިންގަޕޫރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ޖޫން މަހުގެ 14 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ