މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ ހަރުކަށި ބުދިސްޓުން ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅުކަން ހާމަކޮށްދިނުމުގެ ގޮތުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހިނގާލުންތައް ބާއްވައިފި އެވެ.
ހިނގާލުންތައް ކުރިޔަށް ގެންދިޔަ ރަށްރަށުގެ ތެރޭގައި ގދ. ގައްދޫ، ބ ކަމަދޫ، ގއ. ވިލިނގިލި އަދި ތ. ދިޔަމިގިލި ހިމެނެ އެވެ. މީގެ ތެރެއިން ބ. ކަމަދޫގައި ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑު ފޮއްޓެއް ހުޅުވާފައިވާއިރު. ގއ. ގެމަނަފުށީގައި ގެންދަނީ އެމީހުންނަށް ފޮނުވުމަށް އަންނައުނު އެއްކުރަމުންނެވެ.
ހިނގާލުންތައް ކުރިޔަށް ގެންދިޔަ ރަށްރަށުގެ ރައްޔިތުން ވަނީ ރޮހިންޔާ މީހުންނާ މެދު ހިންގާފައިވާ އަމަލުތައް ދައްކައިދޭ ޕޯސްޓަރުތަކާއި ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑު އުފުލާފައި އެވެ. އަދި ރޮހިންޔާ މުސްލިމުން އެ މުސީބާތުން ރައްކާތެރި ކޮށްދިނުމަށް އެދި ދުއާ ކޮށްފައި އެވެ.
ރޮހިންޔާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރިކަމާއި ގުޅިގެން ރާއްޖެއިން ވަނީ އެ ގައުމާއި އެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފަ އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާ އަސްކަރިންޔާއިން ލާއިންސާނީ އަމަލުތައް ހިންގަން ފެށީ ރޮހިންޔާ ދަރިކޮޅުގެ ބަޔަކު އެމީހުންނަށް ހަމަލާދިން ކަމަށް ބުނެ އެވެ. ބަދަލުގައި އަސްކަރިއްޔާ އާއި ހަރުކަށި ބުދިސްޓުން ދަނީ މުސްލިމުން ދިރިހުއްޓާ އަންދާ، އެމީހުންގެ ގޭގޭގައި ހުޅުޖެހުމުގެ އިތުރުން އަންހެނުންގެ އިއްފަތް ވޭރިގަންނަމުންނެވެ.
މިޔަންމާގެ މި އަމަލުތަކާއި ގުޅިގެން އެތައް ލައްކަ ބަޔަކު މިޔަންމާއިން ބަންގްލަދޭޝްއަށް ވަނީ ރެފިއުޖީންގެ ގޮތުގައި އެތެރެވެފަ އެވެ.
ރޮހިންޔާ މުސްލިމުންގެ ހައްގުގައި ދިވެހި ރައްޔިތުން ތިބިކަން ދައްކައިދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ