ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލެ ޖެޓީ ސަރަހައްދުގައި މަސްރޭސް ކުރިއަށް ގެންދާއިރު މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އެޗްޑީސީން މައުލޫމަތުދެއެވެ. މި ހަރަކާތް މިއަދު މެންދުރު 13:00ގައި ފަށާފައިވާއިރު މަސްރޭސް ނިންމާ ގަޑިއަކީ 21:00 ގައެވެ.
މާދަމާ ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހުރިހާ ރަށެއް ހިމެނޭ ގޮތަށް 9:00 ގައި ”އެންމެން މޫދަށް“ ގެ ނަމުގައި މޫދުގެ އެކި ކުޅިވަރުތަކާއި، އެކި ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.
މީގެ އިތުރުން، ”ޑިސްކަވާ ބަބުލް“ ޕްރޮގްރާމުގެ ނަމުގައި ހުޅުމާލެ ބީޗްގައި މާދަމާގެ ހެނދުނު 9:00 އިން 11:00 އަށް އުމުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ބައިވެރިވެވޭނެ ޑައިވް ހަރަކާތެއް ކުރިއަށް ގެންދަން ރާވާފައިވެއެވެ.
އޭގެ އިތުރުން ”މޫދު ފެސްޓް“ގެ ނަމުގައި ހުޅުމާލެ ފޭސް އެެކެއްގެ ދިރާގު ބީޗްގައި ކުރިއަށް ގެންދާ ފެސްޓިވަލްއެެއް ކުރިއަށް ގެންދާނެއެވެ. މި ފެސްޓް ކުރިއަށް ދާނީ 13:00 އިން 18:00 އަށެވެ. މި ފެސްޓުގައި މުރަކަ އިންދުމުގެ ހަރަކާތްތަކާއި ފުޑް ސްޓޯލްސް، އާޓް އެންޑް ކްރާފްޓް، ފޭސް ޕެއިންޓިން، އަދި މި ނޫނަސް ކުޑަކުދިންނާ ގުޅޭ ގިނަ ގޭމްތައް ހިމެނޭނެއެވެ.
މި އިވެންޓްތަކުގައި ބައިވެރިވާ އިދާރާތަކުގެ ތެރޭގައި އެގްރިކަލްޗާ މިނިސްޓްރީ، ބޭންކް އޮފް މޯލްޑިވްސް، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އަދި މިފްކޯ ހިމެނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން 190 އަށްވުރެ ގިނަ ޓީމު މި ހަރަކާތުގައި ބައިވެރިވެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް އެޗްޑީސީގެ ގިނަ ހަރަކާތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ