ދިރާގު ފޯރި ލަކީޑްރޯގައި ބައިވެރިވެގެން 65 އިންޗީގެ ސްމާޓް ޓިވީއާއި އިތުރު އަގުހުރި އިނާމުތައް!

ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް، ފައިބަރ ބްރޯޑްބޭންޑް އަދި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެ ”ފޯރި ލަކީޑްރޯ“ ޕްރޮމޯޝަން މި ފުޓްބޯޅަ މޫސުމާ ދިމާކޮށް އިއުލާންކޮށްފިއެވެ.
މި ޕްރޮމޯޝަނުގެ ތެރެއިން ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، މި ފުޓްބޯޅަ މޫސުމުގެ ކޮންމެ ރައުންޑެއް ނިމުމަށް ފަހު ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
32ވަނަ ރައުންޑް:32 ނަސީބުވެރިއަކަށް 100 ޖީބީ ޑޭޓާ
16ވަނަ ރައުންޑް: 16 ނަސީބުވެރިއަކަށް ޖޭ.ބީ.އެލް ޓިއުން 730ބީޓީ ހެޑްފޯން
ކުއާޓަރ ފައިނަލް: 8 ނަސީބުވެރިއަކަށް ޖޭ.ބީ.އެލް ކްލިޕް 5 ސްޕީކަރ
ސެމީ ފައިނަލް: 4 ނަސީބުވެރިއަކަށް ނެސްޕްރެސޯ ކޮފީ މެޝިން
ފައިނަލް: 1 ނަސީބުވެރިއަކަށް 65 އިންޗީގެ ޓީ.ސީ.އެލް 4ކޭ ސްމާޓް ޓީވީ
މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް މިހާރު ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ދިރާގު އެޕްގައިވާ ”ޖެހީ ލިބުނީ“ އިން ސަޕޯޓްކުރާ ޓީމެއް އިހްތިޔާރުކުރުމަށް ފަހު، ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ އައު ޕްލޭނަކަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ މިހާރު ގެންގުޅޭ ޕްލޭން ޕޯސްޓްޕެއިޑް 450 ޕްލޭނުން މަތީގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ.
މީގެ އިތުރުން، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 100 ރުފިޔާ އިން މަތީގެ އެޑް-އޮންއެއް ނުވަތަ ބޫސްޓަރއެއް އެކްޓިވޭޓްކޮށްގެން ބައިވެރިވެވޭއިރު، ލިމިޓެއް ނެތް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް އަދި މޮބައިލް ބްރޯޑްބޭންޑް ކަނެކްޝަނަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނާއި، ޑިޖިޓަލް ހިދުމަތްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް ”ފޯރި ލަކީ ޑްރޯ“ގައި ބައިވެރިވެވޭނެއެވެ.
ފޯރި ލަކީޑްރޯއާއި ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ދަނީ މިފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ. ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް އެކަމުގެ ފޯރިއާއި އުފާވެރިކަން އިތުރުވެގެން ދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ