ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަމުގައި މިހާރު ދައުރުވަމުންދާ ޓްވީޓަކީ ފޭކް އެކައުންޓަކުންކޮށްފައިވާ ހަގީގަތެއް ނެތް ވާހަކަތަކެއް އެކުލެވޭ ޓްވީޓެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަތުމުން އެކަމާއި ގުޅޭގޮތުން އުމަރު ކުރައްވާފައިވާ ޓްވީޓެއްކަމަށް ބުނެ ދައުރުވަމުންދަނީ ފޭކް ޓްވީޓެއްކަމަށެވެ.
ދައުރުވަމުންދާ ޓްވީޓްގައި ބުނެފައިވަނީ ރައީސް މައުމޫން މިރޭ އެމްޑީޕީއާއިއެކު ބައިއަތު ހިފި ހިސާބުން އުމަރު ދެން ދުވަހަކުވެސް މައުމޫނަށް ތާއީދު ނުކުރަން ނިންމާފައިވާކަމަށެވެ.
ރައީސް މައުމޫނާއިއެކު މަސައްކަތް ކުރެއްވި އަދި ރައީސް މައުމޫނަށް އަދިވެސް ތާއީދުކުރައްވާކަމަށް ވިދާޅުވާ އުމަރު މިރޭ ވިދާޅުވީ އެ ޓްވިޓަކީ ފޭކް ޓްވީޓެއްކަމަށާ އެކަން ރައްޔިތުންގެ މައުލޫމާތަކަށްޓަކައި ދަންނަވާކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު މި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި ނަމަވެސް އިސްލާހީ މަަސައްކަތްކުރައްވާ 4 ޕާޓީއާއި ގުޅިގެން ރަސްމީކޮށް މަސައްކަތް ކުރައްވަން އަދި ނުފައްޓަވައެވެ.
އުމަރު މީގެ ކުރިން ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތަކުން ނުފެންނަނީ ރައީސް ނަޝީދަށް ތާއީދުނުކުރެވޭތީކަމަށާ ނަޝީދާއިއެކު ކުރިއަށް ދެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ.
އުމަރު ފާހަގަކުރެވިފައިވަނީ އަބަދުވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.
ުކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ގެންދަވަނީ ސޯޝަލް މީޑިއާގައި ކެންޕޭންވެސް ކުރައްވަމުންނެވެ.
ދައުރުވަމުންދަނީ ފޭކް ޓްވީޓެއް: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ