ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މަޖިލީސް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ކުރާ ތުހުމަތަށް ސާބިތު ހެއްކެތް ފުލުހުންނަށް ނުހޯދޭނެ ކަމަށް ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މެންބަރުންނަށް ރިޝްވަތުދެއްވި ކަމުގެ ތުހުމަތުގައި ފުލުހުން ގެންދަނީ ފާރިސް ދިރިއުޅުއްވާ ގެ ބަލާ ފާސްކުރަމުންނެވެ. ކޯޓުން އަމުރުގައިވާގޮތުން މިއަދު ހަވީރު ހައެއް ޖަހަށްދެން އެގެ ބަލާ ފާސް ކުރެވޭނެ އެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއެއްގައި މައުމޫން ވިދާޅުވީ ފާރިސް އެއްވެސް މީހަކަށް ރިޝްވަތު ދެއްވާފައި ނުވާ ކަމަށާއި ދުވަހުކުވެސް ނުދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. މައުމޫން ވިދާޅުވީ ފުލުހުންގެ ތަހުގީގަސް ފާރިސް އާއި ދެކޮޅަށް އެއްވެސް ހެއްކެތް ނުހޯދޭނެ ކަމަށެވެ.
އެކަމަކު މިހާރަކަަށް އައިސް ދޮގު ހެކި އުފައްދާ ކަމަށާއި އެގޮތަށް ފާރިޗް އާއި ދެކޮޅަށްވެސް ދޮގު ހެއްކެތް އުފެއްދިދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
“އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް ފާރިސް އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ އެހެންވެ މި ދަންނަވަނީ ފާރިސް އާއި ދެކޮޅަށް ހެއްކެތް ނުހޯދޭނޭ. އެކަމަކު މިހާރު ދޮގު ހެކިވެސް އުފައްދަނީ. އެގޮތަށް ދޮގު ހެއްކެތް އުފައްދިދާނެ،” މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފާރިސް އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަޅީގައި ކަމަށެވެ. ފާރިސް މައުމޫނަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި ރިޝްވަތުގެ ތުހުމަތު ކުރި ނަމަވެސް ފާރިސްގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
ފާރިސް ރިޝްވަތެއް ނުދެއްވާ، ސާބިތު ކުރަން ޖެހޭނީ ދޮގު ހެކި އުފައްދައިގެން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ