ފުލުހުންވަނީ ކުނޫޒް ހިސޯރުކޮށްފައި އެއްޗެއް ޕްލާންޓްކޮށްފާނެތީ ކަންބޮޑުވަން : އިދިކޮޅު އިއްތިހާދު

ޖުމްހޫރީ ޕާޓީގެ މައި އޮފީހާއި އެ ޕާޓީގެ ޖަލްސާތައް ބާއްވާ މ. ކުނޫޒް ފުލުހުން އޮތީ ހިސޯރުކޮށްފައި ކަމަށާއި ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނުގައި އެއްޗެއް ޕްލާންޓުކޮށްފާނެތީ ކަންބޮޑުވާ ކަމަށް ގުޅިފައިވާ ސިޔާސީ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފުލުހުން ވަނީ ޖުމްހޫރީ ޕާޓީ ހިޞާރުކޮށްފައި ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށާއި އަންގާރަ ދުވަހުގެރޭ ކުނޫޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެތަން ބަލާ ފާސްކުރުމަށްފަހު، ފާސްކުރުން ނިމުނު ކަމަށާއި އަދި ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމުގެ ލިޔުން ޖުމްހޫރީ ޕާޓީއާ ހަވާލުކުރުމަށްފަހު އަދިވެސް އެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށުގައި، ކޯޓު އަމުރާ ޚިލާފަށް ހިސޯރުކޮށްފައިވާތީ އެކަން ޕާޓީތަކުން ކުށްވެރިކުރާ ކަމަށެވެ.
"މިނިވަންކަމާއެކު ޞުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ޙައްޤު ސިޔާސީ ޕާޓީތަކަށް ލިބިދީފައިވާހިނދު، ފުލުހުންގެ މިފަދަ ނޭއްގާނީ ޢަމަލުތަކުން ރައްޔިތުންގެ ހިތްތަކުގައި ފުުލުހުންގެ މުވައްސަސާއާމެދު ނަފްރަތު އުފެދިގެންދާނެއެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
އިއްޔެ ފުލުހުން ބުނެފައިވަނ، ބަލާ ފާސްކުރުމަށްފަހު ދޫކޮށްފައިވާ ލިއުމަކީ، ރޭގަ ފާސްކުރި ތަކެއްޗާ ބެހޭ ގޮތުން ދެވުނު ލިއުމެއް ކަމަށާއި އަދި ކޯޓު އަމުރުގައި ދީފައިވާ ވަގުތު ކަމުގައިވާ 72 ގަޑިއިރު ވަންދެން ބަލާ ފާސްކުރުން ކުރިއަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ