ބައިނަލްއަގުވާމީ އިސްލާމީ ޖަލްސާއެއްގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފި އެވެ.
މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީގެ ގްރޭޖުއޭޓުންގެ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ބާއްވާ އިސްލާމީ ޖަލްސާއެއްގައި ތަގުރީރު ކުރެއްވުމަށް އެމަނިކުފާނަށް ދައުވަތު އެރުވީ ޝައިޚުލްއަޒްހަރު ފަޟީލަތުއް ޝައިޚް ޑރ. އަހްމަދު ތައްޔިބް ކަމަށެވެ.
މި ޖަލްސާ އޮންނާނީ މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި އަންނަ މަހުގެ 14-15 އަށެވެ.
މި ޖަލްސާގައި ބަހުސްކުރަން ހަމަޖެހިފައި ވަނީ "ތަފާތު ފިކުރުތަކުގެ މީހުން އެކުވެރިކަމާއެކު ދިރިއުޅުމުގައި ގެންގުޅެންވީ އިސްލާމީ އުސޫލުތައް" މި މައުޟޫ އަށެވެ. މައުމޫން ތަގުރީރު ކުރައްވާނީ ވެސް މި މައުޟޫއުގެ މައްޗަށް ކަމަށް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.
ބައިނަލްއަގުވާމީ ޖަލްސާއެއްގައި މައުމޫން ތަގުރީރު ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ