މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާތަކުގެ އިތުރު އަޑުއެހުމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން މިރޭ ގޮތެއް ކަނޑައަޅަން ޝަރީއަތުގެ މަޖިީލީހެއް ބޭވުމަށެވެ.
މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާސިމްގެ މައްޗަށް ކޮށްފައިވާ ތިން ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދިފާއީ ވަކީލުން ނަގާފައިވަނީ އިޖްރާއީ ނުކުތާއެވެ. އެގޮތުން ގާސިމް އާއި ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން މިމަހު އަމަލުކުރަން ފެށި ޖިނާއި އިޖްރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން އެ ދައުވާތަށް ބާތިލް ކުރުމުގެ ބާރު ފަނޑިޔާރުންނަށް އެބައޮތް ކަމަށް ދިފާއީ ވަކީލުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެެފައެވެ.
ދައުލަތުން ގާސިމްގެ މައްޗަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ ޤާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯޯރުވަން އުޅުނު ކަމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ދައުވާއެވެ. ގާސިމް އިބްރާހިމް ވަނީ
މިހުރިހާ ދައުވާ އަކަށްވެސް އިންކާރު ކުރައްވާފައެވެ.
ގާސިމް އަށް ކުރާ ދައުވާގެ އަޑުއެހުން މިރޭ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ