ޝަރުއީ ދާއިރާގެ މިދިޔަ އަހަރުގެ ޕާފޯމަންސް ރިޕޯޓް ހުށަހަޅައިފި

ޝަރުއީ ދާއިރާގެ މިދިޔަ އަހަރުގެ ޕާފޯމަންސް ރިޕޯޓް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ތައްޔާރުކޮށްފައިވާ ޝަރުއީ ދާއިރާގެ މިދިޔަ އަހަރުގެ ޕާފޯމަންސް ރިޕޯޓް ހުށަހަޅުއްވައިދެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިންއެވެ.
މީގެ އިތުރުން މިއަދު އޮތް މިބައްދަލުވުމުގައި ޝަރުއީ ދާއިރާގެ 2014 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތް ވެސް ނެރެފައިވެ އެވެ. ޝަރުއީ ދާއިރާގެ ތަފާސްހިސާބު 2014 ނެރެދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ މި ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޕާފޯމަންސް އިން ދައްކަނީ ނިމިދިޔަ އަހަރު ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން ގަދައަޅާ، ރެއާއި ދުވާލު ބުރަކޮށް ކުރެއްވި މަސައްކަތުގެ ނަތީޖާ ކަަމށެވެ. އަދި ހިނގަމުންމިދާ އަހަރުވެސް ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ ނިމިދިޔަ އަހަރަށް ވުރެ ނަތީޖާ އަދިވެސް ރަގަޅު ކޮށްދެއްވުމަށް ވެސް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ