ސީމެގްގެ ވަފުދު، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރައްވައިފި.

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ވަފުދު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.
މިބައްދަލުވުމުގައި ގަޔާނާގެ ނާއިބު ރައީސް އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒު ވައިސް ޗެއަރ އޮފް (ސީމެގް) މރ. ކާލް ގްރީނިޖް އާއި ކެންޔާގެ ކެބިނެޓް ސެކްރެޓަރީ ފޯ ފޮރިންގ އެފެއާޒު އެންޑް އިންޓަރނޭޝަނަލް ޓްރޭޑް ޑރ. އާމިނާ މުޙައްމަދު އާއި އިންޑިއާގެ ފޮރިންގ ސެކްރެޓަރީ ޑރ. އެސް ޖައިޝަންކަރު، އަދި މި ތިން ބޭފުޅުންގެ އަރިހުގައި ތިން ސަޕޯޓިން އޮފިޝަރުންނާއި ކޮމަންވެލްތު ސެކްރެޓޭރިއޭޓުގެ ތިން ބޭފުޅުންނާއި އިތުރު 3 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ސްޕްރީމް ކޯޓުން ކޯޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ