ޏ.ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ (ސެން) ކުލާހުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދުޢަލީއަށް ޒިޔާރަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު ކުރި މި ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ކުރާ ބައެއް މަސައްކަތްތަކާއި ގުޅޭ ގޮތުން އެ ދަރިވަރުންނަށް މަޢުލޫމާތު ދީފައިވާ ކަމަށާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ޢަމަލުކުރާ ގޮތްތަކާއި ލައިފް ޖެކެޓް ފަދަ ތަކެތި ބޭނުންކުރާނެ ގޮތްތަކާއި މީހުން ސަލާމަތްކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވަނީ އެ ދަރިވަރުންނަށް ދައްކާލާފައި ކަމަށެވެ.
ހާފިޒް އަޙްމަދު ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުލާހުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދުޢަލީއަށް ކުރި މި ޒިޔާރަތުގައި އެ ކުލާހުގެ 14 ދަރިވަރުންނާއި 6 ޓީޗަރުން ބައިވެރިވިައެވެ. މި ޒިޔާރަތުގައި ކޯސްޓްގާޑާ މެދު އެ ކުދިންގެ ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތުދީ، އެ ދަރިވަރުންނާއެކު ކޯސްޓްގާޑު ޝިޕް ޝަހީދުޢަލީގެ ސެއިލަރުންވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.
ހާފިޒް އަޙްމަދު ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުލާހުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ