ޕެނަލް އަޕްގްރޭޑްކުރުމަށް އައިޖީއެމްއެޗްގެ ބައެއް ހިސާބުތަކުން މާދަމާ ކަރަންޓް ކަނޑަނީ

އައިޖީއެމްއެޗްއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ، ޕެނަލް އަޕްގްރޭޑް ކުރުމުގެ ގޮތުން މާދަމާގެ ބައެއް ވަގުތުތަކުގައި، އައިޖީއެމްއެޗްގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ނިންމައިފިއެވެ.
އެގޮތުން މާދަމާ ހެނދުނު 7:00 ޖަހާއިރު 20 މިނެޓަށް ޓްރާންސްފޯމާ އެކަކުން، ވަގުތީ ގޮތުން ކަރަންޓް ކަނޑާލާނެ އެވެ. އަދި މެންދުރު ފަހު 14:30 އިން ފެށިގެން، ބައި ގަޑިއިރަށް އަދި ހަވީރު ހަތަރެއް ޖަހާއިރު، ބައި ގަޑި އިރަށް ކަރަންޓް ކަނޑާލާނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.
ކަރަންޓް ކެނޑި ނަމަވެސް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށް، ދެވޭ ފަރުވާތަކަށް ބުރޫނާރާ ކުރިއަށް ގެންދެވޭނެ ހުރިހާ، އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށް، އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ވަނީ މިފަދަ ކަންކަމުގައި އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ