ފާރިސް މައުމޫން އޭސީސީ އަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ. ފާރިސް އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ އަށެވެ.
ފާރިސް އޭސީސީއަށް ހާޒިރުވަނީ ކޮން މައްސަލައަކާއި ގުޅިގެން ސާފެއް ނުވެ އެވެ. މިކަމާއި ގުޅޭގޮތުން ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއީ އޭސީސީ އިން އެކަން ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅޭތީ ސިޔާސީ ގޮތުން ދަތިކުރުމަށް ކަމަށެވެ.
މަޖިލީހުގެ ރައީސްކަމުން މަސީހު ވަކިކުރަން ހުށަހަޅާފައިވަނީ 26 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އެ ލިޔުމުގައި ފާރިސްވެސް ސޮއި ކުރައްވައި އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ އޭނާ އެވެ. އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވެސް ވަނީ ސޮއިކުރައްވާފަ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންނާއި ވެސް ވަނީ ސޮއިކުރައްވާފަ އެވެ.
އެ މައްސަލައިގެ ވޯޓު މި މަހުގެ 27 ވަނަ ދުވަހު ނަގަން ނިންމައި އެކަމުގެ ނޯޓިސް މަޖިލީހުގެ ރައީސް މަސީހުއަށާއި މެންބަރުންނަށް ވަނީ ފޮނުވައިފަ އެވެ. އެ ވޯޓު ފާސްވާނީ ވޯޓް ނަގާ ވަގުތު މަޖިލީހުގެ ތަޅުމުގައި ތިއްބަވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ