ކުރެންދޫ ދާއިރާގެ މެންބަރު ގައުމީ އިއްތިހާދަށް ސޮއި ކުރައްވައިފި

ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ގައުމީ އިއްތިހާދު ޕާޓީ އަށް ސޮއި ކުރައްވައިފި އެވެ.
އަހުމަދު މޫސާ އެޕާޓީއަށް ސޮއިކޮށްފައި ވަނީ މިހާރު ދަރުބާރުގޭގައި ކުރއަށްދާ ޖަލްސާގައެވެ.
މީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކު ރައީސް ވަހީދުގެ ޤައުމީ އިއްތިހާދު ޕާޓީއަށް މިރޭ ސޮއިކުރެއްވި އެވެ.
އަދި ކުރިން އެޕާޓީއަށް ސޮއިކުރައްވާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ޝަރީފް އާއި ޖައުސާ ޖައުފަރު އީސާ އާދަމްވެސް މިރޭވަނީ ރަމްޒީގޮތުން ޖީއައިޕީއަށް ސޮއިކުރައްވާފައެވެ.
މިރޭގެ ޖަލްސާގެ ކުރިން ގައުމީ އިއްތިހާދު ޕާޓީން ބުނީ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން އެޕާޓީއަށް މިރޭ ސޮއިކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ