ޤާސިމް ގެ އާއިލާއަށް އިންސާފު ހޯދާ ދެވޭނެ: އިމްރާން

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން ގެ އާއިލާއަށް އިންސާފު ހޯދައި ދެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.އިމްރާން މިހެން ވިދާޅުވީ ރޭ އެ މައްސަލައާއި ގުޅިގެން ފުލުހުން މީހަކު ހައްޔަރުކުރި ކަން އިއުލާންކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއް ހިއްސާ ކުރައްވަމުންނެވެ. އިމްރާން ވިދާޅުވީ މި އޮޕަރޭޝަނުން ސާބިތުކޮށްދިނީ ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރަމުންދާ މިންވަރު ކަމަށާއި، ވަކިން ހާއްސަކޮށް ފޮރެންސިކް އިންވެސްޓިގޭޝަން ގެ ދާއިރާގައި ފުލުހުންގެ ޤާބިލުކަން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި އާއިލާއަށް އިންސާފު ހޯދައިދެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.ރޭ ފުލުހުން ވަނީ ކޯޓު އަމުރަކާއި އެކު ޤާސިމް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައެވެ. އަދި ވެސް އިތުރު ބަޔަކު މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ