ވަގަށް ނަގާފައިވާ ލޯނަރުތަކެއް ހޯދާ ބަޔަކު ހައްޔަރުކޮށްފި

ވަގަށްނަގާފައިވާ ގިނައަދަދެއްގެ ލޯނަރުތަކެއް ހޯދައި 3 މީހަކު އައްޑޫސިޓީން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސެޕްޓެމްބަރު މަހުގެ 02 ވަނަދުވަހު ސ.މަރަދޫއިން ގިނަ ޢަދަދެއްގެ ލޯނަރުތަކެއް ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހެޅުނު މައްސަލަ އާއި ގުޅިގެން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއް ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޢުމުރުން 27 އަހަރާއި 33 އަހަރާއި އަދި 63 އަހަރުގެ 03 ފިރިހެނުން ކަމަށެވެ.
ފުލުހުން އެ ލޯނަރުތައް ހޯދާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ޢުމުރުން 63 އަހަރުގެ މީހާ ދިރިއުޅޭ ގެ ބަލައި ފާސްކުރަމުންދަނިކޮށް އެގޭގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އަނެއް 02 މީހުންނަކީ ވައްކަމުގެ މައްސަލަތަކުގެ ރިކޯޑްސް އޮންނަ ދެމީހުންނަށްވާއިރު، ނިމިގެންދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހާއި 30 ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގި 02 ވައްކަމެއްގައިވެސް މި ދެމީހުން ހިމެނޭ ކަމަށެވެ.
މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙްޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ