ލ. އަތޮޅާއި އައްޑޫސިޓީ އަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

މިއަދު ކުރިއަށްއޮތް ކުރިއަށްއޮތް ވަގުތުތަކުގައި ލ އަތޮޅާއި އައްޑޫ ސިޓީ އަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއިބެހޭ އިދާރާއިން ވަނީ ލ އަތޮޅާއި އައްޑޫ ސިޓީ އަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މިއަދު ހެނދުނު 10:30 އިން 15:00ގެ ނިލަޔަށް، ލ.އަތޮޅާއި އައްޑޫ އަތޮޅާ ދެމެދަށް ވަނީ ވައިޓް އެލާޓު ނެރެފައެވެ.
މީގެ އިތުރަށް ދެކުނާއި މެދުތެރޭ އެކި ހިސާބަަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރުފޯރާނެކަމަށްވެސް ލަފާކުރެއެވެ. ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭ އިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ. މީގެ އިތުރަށް ކުރިއަށްއޮތް ސައުވީސްގަޑިއިރު ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
ރާއްޖެއިން ވިއްސާރަކުރަން ފަށާފައި މިވަނީ، ރާއްޖެއަށް ވާރޭނުވެހޭތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށެވެ. ވާރޭނުވެހޭތާ ގިނަ ދުވަސްވާތީ އިއްޔެ މެންދުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ވަނީ އިސްތިސްގާ ނަމާދު ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ