ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 93 ބަނގުރާފުޅި ހޯދާ، މީހަކު ހައްރުކޮށްފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި 93 ބަނގުރާފުޅި ހޯދާ އެ މައްސަލައާއި ގުޅިގެން މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާފުޅިތަކާއެކު މިމީހާ އަތުލައިގެންފައިވަނީ ޓީޖެޓީ ސަރަޙައްދުން ޕިކަޕަކަށް ބަނގުރާފުޅިތައް އަރުވައިގެން ދަނިކޮށް މަޖީދީމަގު ލެކިއުޓް ކައިރިން ރޭގެ ވަގުތެއްގައި ކަމަށާއިމި ޕިކަޕް ހުއްޓުވައި ޕިކަޕްގައި ހުރި ފޮށިގަނޑުތައް ބަލައިފާސްކުރިއިރު 93 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ ތަހުޤީޤް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ