ހުމާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މާލެ ގެެނެސް ފަރުވާދީފި އެވެ.
ރައީސް މައުމޫން މިއަދު މާލެ ގެެނެސް ޑޮކްޓަރުންނަށް ދެއްކުމަށްފަހު ޓެސްޓްތަކެއް ހަދާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ރައީސް މައުމޫން ހޮސްޕިޓަލަށް ގެނައި ވަކި ސަބަބެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެމަނިކުފާނަށް އަންގާފައި ނުވާތީ ހޮސްޕިޓަލަށް ގެނައި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިސަރު ވިދާޅުވީ ރައީސް މައުމޫން މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމަށްފަހު އަނބުރާ މާފުށި ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. ރައީސް މައުމޫން ޑޮކްޓަރަށް ދެއްކި ވަކި ސަބަބެއް އޮފިސަރުވެސް ވިދާޅުވެފައެއް ނުވެ އެވެ.
ރައީސް މައުމޫނަކީ ހައްޔަރު ކުރީ މިއަހަރުގެ ފެބުރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައިވާއިރު، އެ ދައުވާގެ އަޑުއެހުންތައް ކޯޓްގައި ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ރައީސް މައުމޫނަކީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންދާ ބޭފުޅެއް ކަމަށް އާއިލާ އިން ބުނެ އެވެ. މިއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށްދާ ބައްޔެކެވެ.
ރައީސް މައުމޫނަށް މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި މިވަނީ އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ނުދޭ ކަމަށް ބުނެ އާއިލާއިންނާއި ވަކީލުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ރައީސް މައުމޫނު ޖަލުގައި ބަންދުކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވާ ކަމަށް ނިންމައި އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށްވެސް ވަނީ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އުމުރު ފުޅުން 82 އަހަރު މިހާރު ވެފައިވާ ރައީސް މައުމޫން ހައްޔަރު ކުރީ މިއަހަރުގެ ފެބުރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައިވާއިރު، އެ ދައުވާގެ އަޑުއެހުންތައް ކޯޓްގައި ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ދައުލަތުގެ އެކި މުއައްސަސާތަކުގައި އާދޭސް ދެންނެވި ނަމަވެސް މުއައްސަސާތަކުން އެކަމަށް ސަމާލުކަމެއް ދީފައެއް ނުވެ އެވެ.
ރައީސް މައުމޫން މާލެ ގެނެސް ޓެސްޓްތަކެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ