މޫސުން އިތުރަށް ގޯސްވެ މުޅި ރާއްޖެއަށް ހުދު އެލާޓް ނެރެފި

ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ މޫސުން މުޅި ރާއްޖެއަށް ހުދު އެލާޓް ނެރެފިއެެވެ.
މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް) އިން މިރޭ ނެރުނު އެލާޓްގައި ވަނީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަަމަށްވެސް އެ އެލާޓްގައި ބުނެފައި ވެއެވެ.
އެ އެލާޓްގެ މުއްދަތު ހަމަވާނީ މާދަމާ ހެނދުނު 8:00 ގައެވެ.
އެ އެލާޓްގެ ކުރިން މިރޭ 12:46 ހާއިރު މެޓް އޮފީހުން ނެރުނު އެލާޓްގައި ރާއްޖޭގެ މެދު ތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްްތަކަށް ހުއްޓުމެއް ނެތި ވާރޭވެހެމުން ދެއެވެ. އަދި ލ. ފޮނަދޫއަށް ހޮނުއަޅާ ގެއްލުންތަކެއް ލިބުނުއިރު، އެހެން ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ ގެއްލުންތަކެއް ވަނީ ލިިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ