ޔާމީންގެ ފަހަތަށް ސައްޙަ އިލްމުވެރިއަކު ނާރާނެ: މުހައްމަދު އަހުމަދު

އަނިޔާވެރިކަމާއި ބައިވެރިވާ މީހަކަށް ﷲ ސުބުޙާނަހޫވަތަޢާލާގެ ކޯފާ ކުރިމަތިވާނެކަމަށް މާތްރަސޫލާގެ ހަދީޘްތަކުގައި އައިސްފައިވާކަމަށާ އެހެންކަމުން ރައީސް ޔާމީންގެ ފަހަތަށް ސައްހަ އިލްމުވެރިއަކު އަރާނެކަމަށް ގަބޫލުނުކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު ވިދާޅުވެއްޖެ އެވެ.
މުހައްމަދު އަހުމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން މިފަހަރު އިސްކުރާނީ، ޙަރާމްކަންކަމަށް ގޮވާނުލާ، ޙަރާމް ފައިސާ ނުކާނެ، އަދި ރައްޔިތުންނަށް ހަރާންކޯރު ނުވާނެ ވެރިއެއްކަމަށެވެ.
އަނިޔާވެރިކަމާއި ބައިވެރިވާ މީހަކަށް ﷲ ސުބުޙާނަހޫވަތަޢާލާގެ ކޯފާ ކުރިމަތިވާނެކަމަށް މާތްރަސޫލާގެ ހަދީޘްތަކުގައި އައިސްފައިވާކަމަށާ އެހެންކަމުން ރައީސް ޔާމީންގެ ފަހަތަށް ސައްހަ އިލްމުވެރިއަކު އަރާނެކަމަށް ގަބޫލުނުކުރައްވާކަމަށް މުހައްމަދު އަހުމަދު ވިދާޅުވިއެވެ.
މުހައްމަދު އަހުމަދު މިހެން ވިދާޅުވެފައިމިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދުކުރާކަން ހާމަކޮށް ދީނުގެ އިލްމު އުނގެނިވަޑައިގެން ތިއްބެވި 11 ބޭފުޅަކު ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވަވާ ރައީސް ޔާމީނަށް ތާއީދުކޮށް ވޯޓް ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިފައިވަނިކޮށެވެ. މަދު އިލްމުވެރިންތަކެއް ނަމަވެސް ދީނީ އިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުންތަކެއް ގައުމުގައި ހިންގަމުންދާ ކަންކަމަށް ރިއާޔަތްކުރުމެއްނެތި، މިފަދައިން ގޮވާލުމުން ދީނީ ބައެއް އިލްމުވެރިންނާއި އާންމު ރައްޔިތުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރަށް މުހައްމަދު އަހުމަދު ވަނީ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ޑރ ޝަހީމް ހަމަޖެއްސެވިކަން އިއުލާނުކުރެއްވުމަށްފަހު ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ ދެއްކެވި ވާހަކަތަކަށްވެސް ރައްދުދެއްވާފައެވެ. އަދުރޭ ވިދާޅުވީ ޕީޕީއެމްއިން ބަލަނީ ޕާޓީގެ ތެރެއިން ރަނިންމޭޓަކު ނެރުމަށް ނޫންކަމަށާ 2013 ވަނަ އަހަރު ޑރ ޖަމީލް އިޚްތިޔާރުކުރެއްވީވެސް އެވަގުތަށް އެންމެ ހީވާގިކަމާއި، މުރާލިކަމާއިއެކު މަސައްކަތްކުރައްވާ ބޭފުޅަކީ ޑރ ޖަމީލްކަމަށްވުމުންކަމަށެވެ.
މުހައްމަދު އަހުމަދު ވިދާޅުވީ ވޯޓް ހޯދަންވީމަ، ހީވާގިކަމާއި، މުރާލިކަމަށް އިސްކަންދީ، ވޯޓް ލިބުމުން ކާރާއި، އަނގޮޓި ހޯދައިދޭ ބަޔަކު އިސްކޮށް، ރައްޔިތުންގެ ވޯޓަށް އެއްވެސް ބުރަދަނެއް ނުދޭކަން ރައީސް ޔާމީން ވަނީ ސާބިތުކޮށްދީފައިކަމަށެވެ.
އަދި ހެޔޮކަމަކަށް ތެޔޮ ހަމެއްދޭ މީހަކަށް ރައްޔިތުން މިފަހަރު ނޫނެކޭ ބުނާނެކަމަށްވެސް މުހައްމަދު އަހުމަދު ވިދާޅުވިއެވެ.
2013 ވަނަ އަހަރު ރައީސް ޔާމީން ރަނިން މޭޓެއްގެ ގޮތުގައި އިޚްތިޔާރު ކުރައްވާފައިވަނީ ޑރ މުހައްމަދު ޖަމީލް އަހުމަދެވެ. ޑރ ޖަމީލު ވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ނަމޫނާ އަދި ވަރަށް ވަރުގަދަ ކެންޕެއިނެއް ކުރައްވާފައެވެ.
ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރާއްޖޭގެ ގިނަ ރަށްތަކަކަށް ރައީސް ޔާމީން ވަޑައިގެންފައިނުވިނަމަވެސް ޑރ ޖަމީލް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ކެންޕެއިން ކުރައްވާފައެވެ. ގިނަ ރަށްތަކަށް އެއް ފަހަރަށްވުރެ ގިނަ ފަހަރުވެސް އެމަނިކުފާނު ވަޑައިގެންފައެވެ.
ޑރ ޖަމީލާއި އެމަނިކުފާނުގެ ޓީމް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލްކޮށް، ކެންޕެއިން ހަރަކާތްތައް ކުރިއަށްގެންދިޔައިރު، މި ސަރުކާރުގެ އިސް މަގާމުތަކުން މިހާރު ފެންނަ ތިބި އެއްވެސް ބޭފުޅަކު އެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތްކޮށްފައެއް ނުވެއެވެ.
އަދި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބެއްގެ ގޮތުގައިވެސް ހުންނަވާ ރައްޔިތުންގެ ހާލު ބެއްލެވުމަށް ހަފްތާ ބަންދުގައި ދޮރުން ދޮރަށް ހިންގަވާފައެވެ.
އެގޮތުން މާލޭގެ އެކި ގޭގެއަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ސީދާ އެމަނިކުފާނު ވަނީ ބައްލަވާފައެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާ އެކަންކަން ހައްލުކުރެއްވުމަށް ވަރަށް ބުރަކޮށް ވަނީ މަސައްކަތް ކުރައްވާފައެވެ.
ނަމަވެސް އެމަނިކުފާނުގެ މި މަސައްކަތަށްވެސް ސަރުކާރުގެ ތެރެއިން ވަނީ ހުރަސްއަޅާފައެވެ.
އެއަށްފަހު ވެރިކަމުގެ ކުރީކޮޅު ޑރ ޖަމީލްގެ އިސްތަށިފުޅުގައި ހަގީގަތެއްނެތް އެތަށް ތުހުމަތުތަކެއް އެޅުވުމަށްފަހު، ވަކި ބޭފުޅަކު ނާއިބް ރައީސްކަމަށް ގެނައުމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ ޖަމީލްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައެވެ.
މި މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތުވެސް ނުދެއްވާ، އަވަހަށް ޖަމީލް މަގާމުން ދުރުކުރުމަށް މަޖިލީހުގެ ގަވާއިދަށް އަވަސް އިސްލާހުތަކެއް ގެނެސް ޖަމީލް ވަނީ ނާއިބް ރައީސްކަމުން ދުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ