ޕީޕީއެމް އުފެއްދި މަގްސަދާ ހިލާފުވެފައިވާތީ ހިތާމަ ކުރަން: މައުމޫން

ޕީޕީއެމްއަށް ހަ އަހަރު ފުރުނު އިރު އެ ޕާޓީ އުފެއްދި މަގްސަދާ މުޅިން ހިލާފުވެފައިވާ ކަމަށާއި އެ ހަމަތައް އަލުން އަނބުރާ ރުޖޫއަ ކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ހަ އަހަރު ފުރުމާ ގުޅިގެން ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވަނީ ޕީޕީއެމް އުފެއްދީ އިސްލާމީ އުސޫލުތަކާއި، ޑިމޮކްރަސީގެ އަސާސްތަކާއި، މީހުންގެ މެދުގައި ހަމަހަމަކަން ކުރި އެރުވުމަށާއި ގާނޫނުތައް ދަމަހައްޓަން މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ގައުމަށް އަމާންކަމާއި ކުރިއެރުން ހޯދުމަށްޓަކައި ޕީޕީއެމްއިން އެ ހަމަތައް އަލުން އަނބުރާ ގެނައުމަށް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"ޕީޕީއެމް އުފެއްދުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ ފަރާތަކަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޝުކުރު ދަންްނަވަން، ނަމަވެސް ޕާޓީ އުފެއްދި މަގްސަދާ ހިިލާފުވެފައިވާތީ ހިޔާމަ ކުރަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއް
ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން ޓްވީޓު ކުރެއްވި ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ޕީޕީއެމް ދެބައިވެ ޖެހުނު މައްސަލަތަކުގެ ތެރޭގައި އެ ޕާޓީއިން ރައީސް ޔާމީންގެ ފަޅިން ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވާ ރައީސް މައުމޫން ޕީޕީއެމް އިން ވަކިކޮށްފަ އެވެ. އަދި ޕާޓީ ހުއްޓުވާލާފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓުން ވަނީ ޕާޓީގެ ހިންގުން މުސްތަޗާރު އަދި ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ