އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަނު ކުރުމަށް ރުހުން ދީފި
ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީއާއި، އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރުމަށް ވެސް މަޖިލީހުން ވަނީ ރުހުން ދީފައެވެ. އިދިކޮޅު އެއްވެސް މެންބަރެއް ބައިވެރިވެފައި ނުވާ އެ ޖަލްސާގައި އުއްތަމަ ފަނޑިޔާރާއި ހައި ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުގެ 36 މެންބަރުންގެ ވޯޓުންނެވެ. އިތުރު ތަފްސީލް އަންނަނީ......
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ