ޝަރުތެއް ނެތި ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށް އުންމީދުކުރަން: ޔޫކޭ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޭ ކުރި އަމުރަށް، އެއްވެސް ޝަރުތެއް ނެތި ރާއްޖޭގެ ސަރުކާރުން އަމަލުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އިނގިރޭސި ވިލާތުން ބުނެފިއެވެ.
އިނގިރޭސި ވިލާތުން ސްރީލަންކާއަށާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރަށް ރާއްޖޭގައި މަރުހަބާ ކިޔާނެ ކަން އެނގޭ ކަމަށެވެ. އަދި ޝަރުތެއް ނެތި އަދި ވަރަށް އަވަހަށް ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން އަމަލުކުރާނެ ކަމަށް ބައިނަލްއަގުވާމީ އެކުވެރިން އުއްމީދު ކުރާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.I know yesterday's decision by the Supreme Court that reasserts the independence of the judiciary will be widely welcomed in #Maldives.Friends around the international community will be hoping that the government complies with the Court's ruling quickly and unconditionally.— James Dauris (@JamesDauris) February 2, 2018
ސުޕްރީމް ކޯޓުގެ އަމުރަށް ރާއްޖޭގެ ސަރުކާރުގެ ހުރިހާ ގުނަވަނަކުން އަމަލު ކުރަންޖެހޭ ކަމަށް އިންޑިއާ އިން ވަނީ މިއަދު ބުނެފައެވެ.
ސްޕްރީމް ކޯޓުގެ ހުކުމްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަހުމަދު ނިހާނާއި ފާރިސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަގުތުން މިނިވަން ކުރުމަށްވަނީ ހުކުމްކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ރޭ ކުރި އަމުރު ތަންފީޒު ކުރުމުގެ ކުރިން އެ އަމުރުގެ ސައްހަކަން ބަލަމުންދާކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވަނީ ވިދާޅުވެފައެވެ. އަނިލް ވިދާޅުވީ، އަމުރުގެ ސައްހަކަން ބެލުމަށް ސުޕްރީމް ކޯޓާއި މުއާމަލާތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ނަމަވެސް ފުލުންނާއި ކަރެކްޝަނަލް އިން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ