ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ކިތަންމެ ދުވަހަކު ޖަލުގައި ބޭއްވި ނަމަވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާ އިސްލާހީ މަސައްކަތްޕުޅުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލިތާ 100 ދުވަސް އިއްޔެ ވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްލާހީ މަސައްކަތް އިތުރަށް ވަރުގަދަކޮށް އެމަސައްކަތުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ.
ރައީސް މައުމޫން ރޯދަ މަހަށް އެކަނި ނަމަވެސް ގެއަށް ބަދަލުކޮށް ދިނުމަށް އިދިކޮޅު ފަރާތްތަކުގެ ބަޔާނުގައި ގޮވާލާފައިވާ އިރު، އެ ބަޔާނުގައި ރައީސް މައުމޫން ޖަލުގައި ގެންގުޅެމުންދަނީ ރައީސް މައުމޫނާ މެދު ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅުގައި އޮތް ވަރުގަދަ ޒާތީ ހަސަދައެއްގެ ސަބަބުން ކަމަށެވެ.
ރައީސް މައުމޫނަށް ކުރާ ތުހުމަތުތަކަކީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށާއި އެމަނިކުފާނު ޖަލުގައި ބޭއްވުމަކުން އިދިކޮޅު ހަރަކާތްތައް ވެސް ހުއްޓުމަކަށް ނާންނާނެ ކަމަށް ބުނެފައިވެއެވެ.
ރައީސް މައުމޫންގެ މައްޗަށް ދަނީ ޓެރަރިޒަމްގެ ދައުވާއާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރަމުންނެވެ.
ރައީސް މައުމޫން ބަންދު ކުރިތާ 100 ދުވަސް ވެފައިވާ އިރު އެމަނިކުފާނުގެ ހާލުކޮޅު ގޯސްވެ ބައެއް ދުވަސް ދުވަހު ޝަރީއަތަށް ހާޒިރު ކުރެވޭ ގޮތް ވެސް ވަނީ ނުވެފައެވެ.
"ކިތަންމެ ދުވަހަކު ޖަލުގައި ބޭއްވި ނަމަވެސް ރައީސް މައުމޫން ދުލެއް ނުދެއްވާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ