އިތުރު ލިޔުންތަކަކާ އެކު ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އަންގައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅޭ އިތުރު ލިޔުންތަކަކާ އެކު މައްސަަލަ ހުށަހެޅުމަށް އަންގައިފި އެވެ.
މިމައްސަލަ މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅީ ގުޅިފައިވާ ޕާޓީ ތަކުގެ އިސް ލީޑަރުންގެ ފަރާތްޕުޅުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ ހުށެހެޅީ ކޮރަޕްޝަނާއި ވައްކަމާއި މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ފާހަގަކޮށްފަ އެވެ. މިމައްސަލަތަކާ އެކު ސުޕްރީމް ކޯޓުގައި އެދިފައިވަނީ ރައީސް ޔާމީން މަގާމުން ދުރުކުރުމަށެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ޔާމީން މަގާމުން ދުރުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލީ ނޫން ކަަމަށެވެ. ނަމަވެސް މައްސަލައާއި ގުޅުންހުރި އިތުރު ލިޔުންތަކެއް ބޭނުންވާތީ އެ ލިޔުންތައް ކޯޓަށް ހުށަހެޅުމަށް އަންގާފައިވާ ކަަމަށްވެސް ވިދާޅުވި އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ