ދިއްދޫ ދާއިރާގެ މެމްބަރު ލަޠީފުގެ ފާޑުކިޔުން މި ސަރުކާރަށް އަމާޒުވެއްޖެ

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، އަބްދުއް ލަޠީފު މުހައްމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ލަޠީފު ސަރުކާރަށް ފާޑު ވިދާޅުވީ، މި ސަރުކާރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ މެދުގައި ތަފާތުކުރުން ގެންގުޅޭ މައްސަލައިގައެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފްގެ މުއައްސިސްކަމުގައި އެންމެ ފުރަތަމަ ކުރީގެ ރައީސް އަޙްމަދު އަދީބު ސޮއި ކުރައްވައިގެން އުފެއްދެވި މޯލްޑިވްސް ތާރޑްވޭ ކޮންގްރެސްޓްސް (އެމްޓީޑީ) އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ، އަޙްމަދު އަދީބަކީ، ޖަލުގައި އޮތް މީހެއް ކަމަށާއި، އަޙްމަދު އަދީބަށް ޕާޓީ ހިންގެންވީ ކީތްވެގެންތޯ ގިނަ ފަރާތްތަކުން ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް ޤާނޫނު އަސާސީއާއި ޤާނޫނު ތަންދޭ މިންވަރަކުން އަޙްމަދު އަދީބަށް އެ ހައްޤު އޮންނަންޖެހޭނެ ކަމަށެވެ.އެގޮތުން އެހެނިހެން ސިޔާސީ ލީީޑަރުންވެސް އަރުވާލެވިގެންނާ ޖަލު ބަންދުގައި ތިއްބެވިއިރުވެސް އެފުރުސަތު ލިބުނުކަމަށާއި އަދި ރާއްޖެ ދޫކޮށް ދިޔަ ބޭފުޅުންނަށްވެސް ޕާޓީ ހިންގަން ފުރުޞަތު އޮތްކަމަށް ލަތިފުޔ ވިދާޅުވިއެވެ. ނަމަވެސް އަޙްމަދު އަދީބަށް އެފުރުސަތު ހަނިކޮށް، އޭނާއާއި ދޭތެރޭގައި މި ސަރުކާރުން ކަންތައް ކުރާ ގޮތާ ދޭތެރޭގައި ހިތާމަ ކުރައްވާ ކަމަށާއި، އެހެން އެކަން ވެގެންދަނީ ކޮންމެވެސް ނުފޫޒެއްގެ ސަބަބުން ކަމަށް ޤަބޫލުކުރެއްވޭ ކަމަށް ލަޠީފު ވިދާޅުވިއެވެ. ސަރުކާރަށް އިތުރަށް ފާޑުވިދާޅުވަމުން ލަތީފް ވިދާޅުވީ، މި ޤައުމުގައި އަދީބު ނޫނަސް ކުށްވެރިވީ ކިތަންމެ ބަޔަކު ތިބި ކަމަށާއި، އެބޭފުޅުންނާ ދޭތެރޭގައި ވަރަށް ރަނގަޅަށް ވަރަށް އޯގާތެރިކޮށް ކަންތައް ކޮށްދެއްވިއިރު، އަޙްމަދު އަދީބާ ދޭތެރޭގައި ކަންތައްކުރައްވާ އުޞޫލު މުޅިން ތަފާތުކަމަށެވެ.ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރަށް ފާޑުވިދާޅުވިއިރު، ޖުމްހޫރީ ޕާޓީއަކީ ކޯލިޝަނުގެ ބައިވެރިއެކެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރާ މަންޒަރު މިފަހަކަށް އައިސް އަންނަނީ ފެންނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ