ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރ (ސީ.އޭ.ޓީ.އެފް) ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ފެއަރ އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 17 އިން 19 އަށް ޗައިނާގެ ޓިއަންޖިންގައެވެ.
މި ފެއަރގައި ދިވެހި އުފެއްދުންތައް އެގްޒިބިޓްކޮށް ގަތުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސީ.އޭ.ޓީ.އެފް ފެއަރ އަކީ، ޗައިނާގެ އިތުރުން، ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާ، ސީފުޑް އާއި މަސްވެރިކަމުގެ ދާއިރާ އަދި އިމްޕޯޓް އާއި ހޯލްސޭލްގެ ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން، އާންމު ފަރާތްތަކުން ޒިޔާރަތްކުރާ ފެއަރ އެކެވެ. މި ފެއަރގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، ތަފާތު އެކި އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، މި ފެއަރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކުގެ ތެރެއިން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 08 ފަރާތުން، ބޫތު ފީ އަދި ބޫތުގެ ކޮންސްޓްރަކްޝަން ހަރަދުތައް ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް އިން ހިލޭ ފޯރުކޮށްދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުސަތަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ފެއަރގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އޮގަސްޓު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މެއިލްކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ސަރުކާރުން ކާޑެއްދޫ އެއާޕޯޓު ހޯދަން ވިލާ ކުންފުންޏަށް ދެ ގޮތެއް ހުށަހަޅައިފި ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުވެ، އިސްލާމީ ސަގާފަތް ދިރުވަންޖެހޭ: ޚުތުބާ ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި ކައުންސިލް އިންތިހާބުގެ މަސައްކަތަށް 260 އަށް ވުރެ ގިނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ