ޕޯޗްގަލްގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ ތަރި ރިކާޑީނިއޯ އެޗްޑީސީގެ ފުޓްސަލް ޓީމާ ގުޅިއްޖެއެވެ.
އަންނަ ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާ ކުލަބު މޯލްޑިވްސް ކަޕްގައި ވާދަކުރާ އެޗްޑީސީގެ ޓީމަށް ރިކާޑީނިއޯ ގެނައިކަން އެޗްޑިސީން ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. އެޗްޑީސީން ފުޓްސަލް ލެޖެންޑް ރިކާޑީނިއޯ ގެނެސްފައިމިވަނީ ކްލަބް މޯލްޑިވްސްކަޕުގައި ވާދަކުރާ އެޗްޑީސީގެ ސްކޮޑް ވަރުގަދަކުރުމުގެ ގޮތުންނެވެ.
ރިކާޑީނިއޯއަކީ ކްލަބް މޯލްޑިވްސް ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ފެނިގެންދާނެ އެންމެ މޮޅު އަދި މަތީފެންވަރުގެ ކުޅުންތެރިޔާއެވެ.
އެޗްޑިސީގެ ޓީމް
2021 ވަނަ އަހަރު ބޭއްވި ފީފާ ފުޓްސަލް ވަރލްޑްކަޕް ޕޯޗްގަލްއަށް ހޯދިއިރު، ރިކާޑީނިއޯއަކީ ޓީމްގެ ކެޕްޓަނެވެ. އޭނާ ދުނިޔޭގެ އެންމެމޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަޤާމު 6 ފަހަރެއްގެ މަތިން ހޯދާފައެވެ. އަދި ޔުއެފާ ފުޓްސަލް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރެއްގެ މަތިން ވަނީ ހޯދާފައެވެ.
ކްލަބް މޯލްޑިވްސް ކަޕަކީ ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެބޮޑު މުބާރާތެވެ. މި މުބާރާތަކީ މިހާރު ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް މުބާރާތެވެ.
ޕޯޗްގަލްގެ މަޝްހޫރު ފުޓްސަލް ތަރި ރިކާޑީނިއޯ، އެޗްޑީސީ ޓީމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ