ތޮއްޑޫ މާސްޓާސްގެ އޯޕަން ޗެމްޕިއަންކަން އިންޑިއާ، ޗައިނާ، ތައިލެންޑް އަދި ރަޝިއާއަށް

ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް އޯޕަން ކެޓަގަރީގައި ވާދަކޮށް އިންޑިއާ، ޗައިނާ، ތައިލެންޑް އަދި ރަޝިއާގެ ކުޅުންތެރިން ޗެމްޕިއަންކަން ހޯދައިފިއެވެ. މި މުބާރާތުގެ ފުރަތަމަ ދުވަހު އޯޕަން ބައިގެ ކުޅުން ކުރިއަށްދިޔައިރު، ފޯރިގަދަ މެޗުތަކެއް ކުޅެފައިވެއެވެ. ކެޓަގަރީތަކަށް ބަލާއިރު، އޯޕަން ބައި ކުރިއަށްދިޔައީ 60 އަހަރުން މައްޗާއި 35 އަހަރުންމަތީގެ ބަޔަށް ހުޅުވާލައިގެންނެވެ. މީގެތެރެއިން 60 އަހަރުން މަތީގެ ކެޓަގަރީގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ޗައިނާގެ ވަންގް ޒިކާންއެވެ. މި ކެޓަގަރީގެ އަންހެން ޗެމްޕިއަންކަން ހޯދީ އިންޑިއާގެ މަންތު މުރްމޫއެވެ. 35 އަހަރުން މަތީގެ ކެޓަގަރީއިން ފިރިހެނުންގެ ޗެމްޕިއަންކަން ރަޝިއާގެ ޖޯޖީ ވަހީނިން ހޯދިއިރު، އަންހެން ޗެމްޕިއަންކަން ހޯދީ ތައިލޭންޑުގެ ޓަންޔަޕޯން ޗިންރަކްސާއެވެ. ތޮއްޑޫ މާސްޓާސް މުބާރާތުގެ ތެރެއިން -- އޯޕަން އިވެންޓްގައި ޖުމްލަ 17 ގައުމަކުން 73 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން 16 އަދި ފިރިހެން 58 ކުޅުންތެރިންނެވެ. ތޮއްޑޫ މާސްޓާސް ޓީޓީ މުބާރާތަކީ ވެޓެރަންސް ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ހަ އުމުރުފުރައަކުން ކުޅުންތެރިން ވާދަކުރެއެވެ. އެއީ: 35 އަހަރުންމަތި އުމުރުފުރާ 40-49 އަހަރާ ދެމެދު އުމުރުފުރާ 50-59 އަހަރާ ދެމެދު އުމުރުފުރާ 60-64 އަހަރާ ދެމެދު އުމުރުފުރާ 65-69 އަހަރާ ދެމެދު އުމުރުފުރާ 70 އަހަރުންމަތީގެ އުމުރުފުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތޮއްޑޫ ސްކޫލުގައެވެ. މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު ޓީޓީ މުބާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ