50 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު

ދިވެހިރާއްޖޭގެ 50 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝާނަލް ޑިފެންސް ފޯސްއިން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
މި ޝަރަފުގެ ހިނގާލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށިން ނިކުމެ، ބޮޑުތަކުރުފާނު މަގުން އިރަށްގޮސް ބޮޑުތަރުފާނު މަގުން ކަޅުތުއްކަލާކޮށްޓަށެވެ. މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ޝަރަފުގެ ހިނގާލުން 3 ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރަފުގެ ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކަކީ ކާނިވާ ކުރިމަތީ ހުންނަ ޕެޓްރޯލް ޝެޑް ކައިރި، ދަރުބާރުގެ ކައިރި އަދި ވިލާ ކޮލެޖް ކައިރީގައެވެ.
ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަމުން އަންނަނީ ރަސްކަމުގެ ނިޒާމަކަށްފަހު ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެންދިޔަ ތާރީޚުކަމަށްވާ 11 ނޮވެމްބަރ 1968 އަށް ނިސްބަތްކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ