މިއަދުވެސް މޫސުން ގޯސްވާނޭ - މޫސުމާއި ބެހޭ ގައުމީ އިދާރާ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް މޫސުން ގޯސްވާނޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް މޫސުން ގޯސްވާނޭ ކަމަށެވެ. އެގޮތުން ބައެއް ސަރަހައްދުތަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވަނީ ވިދާޅުވެފައެވެ.އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައިކަމަށާއި، އުތުރާއި މެދުތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއްވައެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށްލަފާ ކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ހއ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ވެސް ވަނީ ނެރެފައެވެ. ވައިޓް އެލާޓް ނެރުނު ސަރަހައްދުތަކަށް ވައި ޖެހޭނީ އާންމުކޮށް 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ