މޯލްޑިވްސް ޓެނިސް އެކަޑެމީ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ދިރާގު މޯލްޑިވްސް ޓެނިސް އޯޕެން 2018 ބުރާސްފަތި ދުވަހު ފަށަން ނިންމައިފިއެވެ.
މޯލްޑިވްސް ޓެނިސް އެކަޑެމީ ފަރާތުން ފުރަތަމަ ފަހަރަށް ބާއްވާ މި މުބާރާތް އޮންނާނީ އޮކްޓޫބަރު މަހުގެ 26-18 އަށް ޓެނިސް އެސޯސިއޭޝަންގެ ކޯޓުތަކުގައެވެ.
ހަތް ބަޔަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ގުރުނެގުން މި މަހުގެ 13 ވީ ހޮނިހިރު ދުވަހު ވަނީ ބާއްވާފައެވެ. ހަތް ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ 159 ކުޅުންތެރިން ބައިވެރިވާނެއެވެ.
މި މުބާރާތް ބަހާލާފައި ވަނީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް އަދި 12 އަހަރާއި 14 އަހަރުގެ ދަށާއި 16 އަހަރުން ދަށުގެ އުމުރުފުރާ ގްރޫޕްތައް ހިމެނެއެވެ. މީގެ ކޮންމެ އުމުރު ފުރައެއްގައި ވެސް، ފިރިހެން އަދި އަންހެން ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން އޯޕެން ކެޓަރީގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ބައިވެރިވެއެވެ.
މޯލްޑިވްސް ޓެނިސް އެކަޑެމީ ފަރާތުން ފުރަތަމަ ފަހަރަށް ބާއްވާ ދިރާގު މޯލްޑިވްސް ޓެނިސް އޯޕެން 2018 ގައި ރާއްޖޭން ބޭރުގެ ކުޅުންތެރިން ވެސް ބައިވެރިވެއެވެ.
އެގޮތުން މޯލްޑިވްސް ޓެނިސް އެކަޑެމީ ޚާއްސަ ދައުވަތަކަށް ސްރީލަންކާގެ 10 ކުޅުންތެރިއަކު ބައިވެރިވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ދިރާގު މޯލްޑިވްސް ޓެނިސް އޯޕެން 2018 ބުރާސްފަތި ދުވަހު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ