ކުރީގެ ރައީސް އަބްދުﷲ ޔާމިން "ކޮށްފައިވާ ވައްކަން އޭނާއަށް ހަނދާން ކޮށްދޭން" ދިވެހި ރައްޔިތުން މިއަދު ނުކުތުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
މިގޮތަށް ގޮވާލާފައިވަނީ، އެމްޑީޕީ ސެކެރެޓޭރިއަޓުން ކޮށްފައިވާ ޓްވީޓެއްގައެވެ. އެމްޑީޕީން އެދިފައިވަނީ މެންދުރު 1:00 އަށް އެމްޑީޕީ ހަރުގެ ކުރިމައްޗަށް އެއްވުމަށެވެ.
ރައީސް ޔާމިން ފުލުސް އޮފީހަށް ހާޒިރު ވުމަށް މިއަދު މެންދުރު 2:00 އަށް އެމަނިކުފާނަށް ވަނީ ޗިޓު އައިސްފައެވެ. އަދި ޕީޕީއެމުން ބުނީ ރައީސް ޔާމިން ފުލުސް އޮފީހަށް ވަޑައިގަންނަވާނީ ހިންގަވާފައިކަމަށެވެ. އަދި އެމަނިކުފާނު ފުލުސް އޮފީހަށް ވަޑައިގަންވާނީ ޕީޕީއެމުން އޮފީހުން ކަމަށްވެސް އެފީހުން ބުނެއެވެ.
އެމްޑީޕީ ހަރުގެ ހުންނަނީ ރިންގު ރޯޑުގައެވެ. އަދި ޕީޕީއެމް އޮފީސް ވެސް ހުންނަނީ އެ މަގުގައެވެ. މިހެން ކަމުން ރައީސް ޔާމިންގެ ސަޕޯޓަރުންނާއި އެމްޑީޕީ މެމްބަރުން އެއްފަހަރާ މަގުމައްޗަށް އެއްވެއްޖެ ނަމަ ހަމަނުޖެހުން ހިނގުން ވެސް އެކަށީގެންވެއެވެ.
ރައީސް ޔާމީން ކޮށްފައިވާ 'ވައްކަން' ހަނދާންކޮށްދޭން ރައްޔިތުން ނުކުމޭ: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ