އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބު ޖަލަށްލާފައި ހުންނަތާ މިހާތު ތިން އަހަރުވެފައިވާ ކަމަށާއި އެހެން ގައިދީންނެކޭ އެއްގޮތަށް އަދީބާ މެދު ވެސް އަމަލުކުރަން ޖެހޭނީ އިންސާނިއްޔަތުކަމާއެކު ކަމަށެވެ.
"އަދީބު ޖަލަށްލާފައި ހުންނަތާ ތިން އަހަރުވެއްޖެ. އެހެން ހުރިހާ ގައިދީންނެކޭ އެއްގޮތަށް އަދީބާ މެދު އަމަލުކުރަންޖެހޭނީ އިންސާނިއްޔަތުކަމާއެކު. އަދި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދީފި ނަމަ އެ ފުރުސަތު ވެސް ދޭން ޖެހޭ،" ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަދީބުގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ ގޭ ބަންދަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލަ އާއި އެމްއެމްޕީއާރްސީގެ އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވުމާއި އަދި ވެސް އެހެނިހެން މައްސަލަތަކެއް ސާބިތުބެ އަދީބު މިހާރު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ