ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް، ޔޮޓް ޓްއާސްގެ ޗެއާމަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރު އަބްދުﷲ ޖާބިރު 29 މިލިއަން ރުފިޔާ ދިންކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެގެން ގޮސްފައިވަނީ ޖާބިރު މިއަދު ކުރެއްވި ޓްވީޓަކުންނެވެ. އެގޮތުން މި ޓްވީޓުގައި ޖާބިރު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިނގިލީ ދާއިރާ އިން އެމްޑީޕީގެ ޓިކެޓުގައި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ހޮވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިކަމުގައި ރައީސް މައުމޫން ހުރަހަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ.
އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ކެމްޕެއިނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށްވެސް ޖާބިރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ޖާބިރުގެ މި ވާހަކަތަކާ ގުޅިގެން ރައީސް މައުމޫން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަން އެންވޯއީގެ މަގާމު ފުރުއްވަމުން ގެންދަވާ ޖާބިރު ދާދިފަހުން ވަނީ އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާ އަށް ކުރިމަތިލައްވާނެކަން ވެސް އިއުލާން ކުރައްވާފައެވެ.
ރައީސް މައުމޫން އަށް ޖާބިރު 29 މިލިއަން ރުފިޔާ ދިންކަން ހާމަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ