ސްޓޫޑަންޓް ލޯން ހަމަޖެހުނު ކަމުގެ ލިޔުން ދަރިވަރުންނާ ހަވާލުކޮށްފި

ސްޓޫޑަންޓް ލޯން ހަމަޖެހުނު ކަމުގެ ލިޔުން ދަރިވަރުންނާ ހަވާލުކޮށްފި އެވެ. މިދިޔަ ފެބްރުއަރީ މަހު ހުޅުވާލީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން 514 ދަރިވަރަަކަށް ވަނީ ލޯންގެ ފުރުސަތު ދީފަ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ސްޓޫޑަންޓް ލޯން ދޫކުރިކަމުގެ ލިޔުން ދަރިވަރުންނަށް ހަވާލުކުރިއިރު އެ ލޯންގެ ދަށުން ލިބޭ ފަންޑު ހަމަޖެއްސުމަށް ކުރަން ޖެހޭ ކަންތައްތައް ޕްރޮސެސްކުރުމާ ގުޅޭ މައުލޫމާތުތައްވެސް ފޮނުވާފައިވާ ކަމަށެވެެ. މިފަހަރުގެ ލޯން ސްކީމްގެ ދަށުން ޑިޕްލޮމާއަށް ކިޔެވުމަށް 48 ފުރުސަތާއި ބެޗެލާސް ޑިގްރީގެ 264 ފުރުސަތާއި މާސްޓާސް ޑިގްރީ 160 ފުރުސަތު އަދި ޕީއެޗްޑީ ހަދަން 27 ފުރުސަތު ވަނީ ދީފަ އެވެ. https://twitter.com/MoHEmv/status/1277900700739964929 މިފަަހަރު ލޯން ދިނުމުގައި ވަނީ ކުރިން ލައިސަންސް ނެގުމަށް ދެމުން އައި ކެޓަގަރީއަށް އިތުރު ދާއިރާތަކެއްވެސް ހިމަނައިފަ އެވެ. ކުރިން ލޯނު ދެމުން އައީ ޕައިލެޓް ލައިސަންސް ހޯދުމަށް އެކަންޏެވެ. ނަމަވެސް މިފަހަރު މެރިން އިންޖިނިއަރިންގެ ލައިސަންސްއާއި އެއާކްރާފްޓް އިންޖިނިއަރިން ފަދަ ލަައިސަންސް ޕްރޮގްރާމްތަކަށްވެސް ވަނީ ލޯން ދީފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ލޯން ލިބޭތާ އެއް އަހަރުގެ ތެރޭގައި ކިޔެވުން ފަށަން ޖެހޭނެ ކަމަށާއި އަދި ހާއްސަ ހާލަތެއް މެދުވެރިގެން އެ މުއްދަތުގެ ތެރޭގަިއ ކިޔެވުން ނުފެށޭނަމަ އެކަން މިނިސްޓްރީއަށް އަންގަން ޖެހޭނެކަމަށެވެ. މިނިސްޓްރީން ބުނީ މިއަހަރު ދެން ލޯން ސްކީމްގެ އިތުރު ފުރުސަތުތަކެއް ދިނުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެހެން ނަމަވެސް މިހާރުވެސް މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ އެކިއެކި ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ