ރާއްޖޭގައި ކުރި އެންމެ ފުރަތަމަ ލެޓާ ޖޭ އޮޕަރޭޝަން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކޮށްފި

ރާއްޖޭގައި ކުރި އެންމެ ފުރަތަމަ ލެޓާ ޖޭ އޮޕަރޭޝަން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކޮށްފިއެވެ. އެ އެޕަރޭޝަން ކުރުމުގައި އިސްކޮށް އުޅުއްވި ކަށީގެ ޑޮކްޓަރު އަހުމަދު އާޒިމް "ސަން" އަށް ވިދާޅުވީ އެ އޮޕަރޭޝަން ކޮށްފައިވަނީ 30 ފަހަރެއްގެ މަތިން ކޮނޑުހުޅުނެއްޓިފައިވާ 70 އަހަރުގެ މީހެއްގެ ކަމަށެވެ. ދެ ގަޑިއިރު ހޭދަވި އެ އޮޕަރޭޝަންގައި ވަނީ ކޮނޑު ހުޅު ކައިރީގައި ހުންނަ ކަށިކޮޅެއް ހުޅުތެރޭގައި ހަލާކުވެފައި ހުންނަ ބަޔަށް ލައްވައިފައެވެ. އޮޕަރޭޝަނަށް ފަހު އެ މީހާ މުޅިން ރަނގަޅުވާން ތިން މަސްވަރު ފިޒިއޮތެރެޕީ ހަދަން ޖެހޭނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެ އޮޕަރޭޝަންގައި އާޒިމްއާއެކު އެނެސްތީސިއާ ޑޮކްޓަރަކާއި ތިން ނަރުހުން ބައިވެރިވިއެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިހާރުވެސް ކަށީގެ ބޮޑެތި އޮޕަރޭޝަންތައް އާންމުގޮތެއްގައި ކުރާ ހޮސްޕިޓަލެކެވެ. އޭގެ ތެރޭގައި ބިންދައިގެންދާ ކަށިތަކުގެ އޮޕަރޭޝަނާއި ހުޅު ބަދަލުކުުރުމުގެ އޮޕަރޭޝަންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ