އެމްއައިބީގެ އޭޖީއެމް އަންނަ މަހު 8 ގައި ބާއްވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 8ގައި ބާއްވަން ނިންމައިފި އެވެ.އެ ބޭންކުން ބުނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 2 ޖަހާއިރު ފަހިވޯޓު މެދުވެރިކޮށް އޭޖީއެމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށެވެ.އެ ބޭންކުގެ ހިއްސާދާރުންނަށް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 2 ޖަހަންދެން އޭޖީއެމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ޕްރޮކްސީންގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ހަ ވަނަ ދުވަހުގެ 2 ޖަހަންދެން ވަނީ ހުޅުވާލައިފަ އެވެ.އެމްއައިބީން މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި:ހިއްސާއަކަށް 4.58ރ. ބަހަން ހުށަހަޅާނެ އެ ބޭންކުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ރިޕޯޓް ފާސްކުރާނެ އަންނަ އަހަރުގެ އޮޑިޓަރުން ހޮވާނެ އެގްޒެކެޓިވް ޑިރެކްޓަރު ވެސް ހޮވާނެއެމްއައިބީން މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 278 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %101 އިތުރު އަދަދެކެވެ.އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ