2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަހެރި ކުރައްވައި ބަންދުކުރައްވައިގެން ގެންގުޅުއްވި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުންދާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަަނޑިޔާރުންނަކީ ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިން ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ޓީމުން ބުނެފިއެވެ.
ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒް ހަސަން ލަތީފް ސޮއިކުރައްވައި، ކްރިމިނަލް ކޯޓަަށް މިއަދު ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދަޢުވާގެ މައްސަލަ ބަލާ ތިން ފަނޑިޔަރުންގެ ތެރެއިން އަލްއުސްތާޒް އަބްދުﷲ ދީދީ އާއި އަލްއުސްތާޒް އަބްދުލްބާރީ ޔޫސުފަކީ އެމަނިކުފާނުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ދެ ހެކިން ކަމަށެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުގައި ބަލަމުންދާ ރައީސް ނަޝީދުގެ މައްސަލަ ބެލުމުން އެ ދެ ފަނޑިޔާރުން ތަނާޒުލުވެވަޑައިގަތުމަށް ރައީސް ނަޝީދުގެ ވަކީލުންގެ ފަރާާތުން ހަސަން ލަތީފް ވަނީ އެދިވަޑައިގެންފައެވެ.
އެ ސިޓީގައި ހަސަން ލަތީފް ވިދާޅުވެފައި ވަނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛް އަބްދުﷲ މުޙައްމަދު 2012 ވަނަ އަހަރު ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވުނު ވަގުތު އަލްއުސްތާޒް އަބްދުﷲ ދީދީ އާއި އަލްއުސްތާޒް އަބްދުލްބާރީ ޔޫސުފްވެސް، އަބްދުުﷲ ގާޒީގެ ގެކޮޅުގައި ހުންނެވި ކަމަށެވެ.
އެހެންކަމުން، ސިފައިންނާއި އަބްދުﷲ ގާޒީއާ ދެމެދު ދެކެވުނު ވާހަކަތައް އެބޭފުޅުންނަށް ވެސް އިވޭނެ ކަމަށާއި، މި މައްސަލައިގައި ދެ ގާޒީއިން މައްސަލަ ބެލުމުން ތަނާޒުލުވެވަޑައިގަތުމުގެ ސަބަބަކީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެވިފައިވާ ދައުވާގައިވާ ރަހީނު ކުރުމުގެ ކުށް ރައީސް މުޙައްމަދު ނަޝީދު ކުރައްވާފައި ނުވާ ކަން ސާބިތުކުރުން ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ގާޒީ އަބްދުﷲ ދީދީއާއި ގާޒީ އަބްދުލްބާރީ ނަޝީދުގެ މައްސަލަ ބެލުމުން ތަނާޒުލުވުމަށް ވަކީލުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ