ރާއްޖޭގައި ގޭސް ޑެލިވެރީކޮށްދިނުމުގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ މޯލްޑިވް ގޭސްއަށް ހުށަހެޅޭ ޝަކުވާތައް ވަރަށް ބޮޑު ތަން މަދުކުރެވިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މައުމޫން ރޭ ވިދާޅުވެއްޖެއެވެ.
މިމަހުގެ 4 ވަނަ ދުވަހު މޯލްޑިވްސް ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި މާލެއަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާއި ގުޅިގެން މޯލްޑިވް ގޭސްގެ މުވައްޒަފުން ކުރި މަަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސިޓްރަން ރެސްޓޯރަންޓުގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ ކޮންމެ ކުންފުންޏެއް ވެސް ހިނގާއިރު އެ ކުންފުންޏަކާއި ދޭތެރޭގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ގޭސް ޑެލިވަރީ ކުރުމާ ގުޅޭ ގޮތުން އާންމުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. އެގޮތުން އާންމުންގެ ފަރާތްތަކުން ލިބެމުންދިޔަ ޝަކުވާތަކުގެ 70 ޕަސެންޓް ދަށް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން މޯލްޑިވް ގޭސްގެ މުވައްޒަފުން އަދާކުރާ ޒިންމާ ފުރިހަމަކަން ހާމަވަމުންދާ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
އެހެންވީމަ މިކަން ކަމުގައި ތި ދާ ހަލުވި ސްޕީޑްގައި ދެމިތިބޭށޭ ބުނެލަން ބޭނުންވަނީ،" މައުމޫން ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުން ފެނަށް ޖެހުމާއި ގުޅިގެން މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގައި އެހީތެރިވި މޯލްޑިވް ގޭސް ކުންފުނީގެ މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ރޭ ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މައުމޫންގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނެވެ.
މޯލްޑިވް ގޭސްއަށް ހުށަހެޅޭ ޝަކުވާތައް ވަނީ މަދުވެފައި - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ